ރަޖް ކަޕޫރް - ފައިލް ފޮޓޯ ބޮލީވުޑް ހަންގާމާ

ރަޖް ކަޕޫރްގެ ބައޮގްރަފީ ރިލީޒްކުރުން ޑިސެމްބަރުގައި

އިންޑިއާގެ އެކްޓަރު، ފިލްމް ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ރަޖް ކަޕޫރްގެ ބައޮގްރަފީ މިއަހަރުގެ ޑިސެމްބަރު މަހު ރިލީޒްކުރަން ނިންމައިފިއެވެ.

ރަޖް ކަޕޫރްގެ ބައޮގްރަފީގެ މަސައްކަތް ކުރަނީ އިންޑިއާގެ ފިލްމް ޑައިރެކްޓަރު އަދި އެޑިޓަރު ރާހުލް ރަވައިލްއެވެ. ރާހުލް ބުނި ގޮތުގައި، ބައޮގްރަފީ ރިލީޒްކުރާނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 14 ވަަނަ ދުވަހުއެވެ.

ނަވާރަސަތޭކަ ސައްވީސް ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު އުފަންވި ރަޖް ކަޕޫރް މަރުވީ 1988 ވަނަ އަހަރުގެ ޖޫން މަހުގެ ދެވަނަ ދުވަހުއެވެ. ރަޖް ކަޕޫރްގެ ދަރިންގެ ތެރޭގައި ރިޝީ ކަޕޫރް، ރަންދިރް ކަޕޫރް އަދި ރަޖިވް ކަޕޫރް ހިމެނެއެވެ.

ރާހުލް ރަވައިލް ބުނި ގޮތުގައި، ރަޖް ކަޕޫރްގެ ބައޮގްރަފީ ލިޔުމުގެ ހިޔާލު އޭނާއަށް ފުރަތަމަ ދިނީ އަޕުރްވާ އަސްރާނީއެވެ.