ތައިމޫރް އާއި ސައިފް - ފައިލް ފޮޓޯ އިންސްޓަގްރާމް

"ބޭބީސް ޑޭ އައުޓް" ގެ ރިމޭކެއް ހެދުމަށް ފޭނަކު އެދިއްޖެ

ފެމިލީ-ކޮމެޑީ އިނގިރޭސި ފިލްމް، "ބޭބީސް ޑޭ އައުޓް" އަކީ ގިނަ ބައެއްގެ މަގުބޫލުކަން ލިބިގެންދިޔަ ފިލްމެކެވެ. މިއީ 1994 ވަނަ އަހަރު ރިލީޒްކުރި ފިލްމެކެވެ.

ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ޙާންގެ ފޭނަކު ބުނި ގޮތުގައި ސައިފްއަކީ ބޮލީވުޑްގެ އެންމެ "ކޫލް" އެއް ބައްޕައެވެ. ތައިމޫރް އަލީ ޙާންއާއެކު "ބޭބީސް ޑޭ އައުޓް"ގެ ރިމޭކްއަކުން ސައިފް ފެނުމަށް އެދޭ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އޭގެ ޖަވާބުގައި ސައިފް ބުނީ "ޓިމް" (ތައިމޫރް) އާއެކު ފިލުމެއް ހެދުމަކީ އުނދަގޫ އަދި ބުރަ މަސައްކަތެއް ކަމަށް ބުނެފައެވެ. ސައިފް ބުނި ގޮތުގައި ފިލްމް ކުޅެން ތައިމޫރް ބޭނުމެއް ނުވެއެވެ. ސައިފް އިތުރަށް ބުނީ އަމިއްލަ ދަރިންނާއެކު ފިލްމް ކުޅުމަކީ އޭނާއަށް ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.

ތައިމޫރްއަކީ ޕަޕަރާޒީންގެ ލޯތައް އަމާޒުވެފައިވާ ކުއްޖެކެވެ. ތައިމޫރް ގެއިން ބޭރަށް ނުކުންނާނެ ވަގުތަކަށް ޕަޕަރާޒީން އިންތިޒާރުކުުރެއެވެ.