ކަރީނާ އާއި އޭނާގެ ދެވަނަ ދަރިފުޅު

ކަރީނާގެ ދެވަނަ ދަރިފުޅުގެ ފޮޓޯ ދައްކާލައިފި

ސައިފް އަލީ ހާނާއި ކަރީނާ ކަޕޫރަށް މިއަހަރު ލިބުނު ދަރިފުޅުގެ ފޮޓޯ ފުރަތަމަ ފަހަރަށް އާންމުންނާ ހިއްސާކޮށްފިއެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު ލިބުނު ދަރިފުޅުގެ ފޮޓޯ، ކަރީނާ އާންމުންނާ ހިއްސާކޮށްފައިވަނީ މިއަދު ފާހަގަ ކުރަމުންދާ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާއި ގުޅުވައިގެންނެވެ. ނަމަވެސް ކަރީނާ ހިއްސާކުރި ފޮޓޯއިން، ދަރިފުޅުގެ މޫނު އެއްކޮށް ނުފެނެއެވެ.

މިއީ ކަރީނާގެ ދެވަނަ ދަރިފުޅެވެ. އަދި ސައިފް އަލީގެ ހަތަރުވަނަ ދަރިފުޅެވެ. ސައިފް އަލީ އާއި ކަރީނާ ކައިވެނި ކުރީ 2012 ވަނަ އަހަރުއެވެ. އެ ކައިވެންޏަށް ތައިމޫރް ލިބުނީ 2016 ވަނަ އަހަރުއެވެ.

ތައިމޫރަކީ ޕަޕަރާޒީންގެ ސަމާލުކަން ލިބިފައިވާ ކުއްޖެކެވެ. ސައިފްގެ އަނެއް ދެ ކުދިންނަކީ އޭނާ އަމްރިތާ ސިންގް އާ ކުރި ކައިވެންޏަށް ލިބިފައިވާ ސާރާ އަލި ހާނާއި އިބްރާހީމް އަލީ ހާނެވެ.