ސައިފް އަލީ ހާން

ސައިފް ފެނިގެންދާ ހޮރޯ-ކޮމެޑީ ފިލުމެއްގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ހާން ފެނިގެންދާ ހޮރޯ-ކޮމެޑީ ފިލުމެއްގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.

އިންޑިއާގެ ފިލްމް އުފައްދާ ކުންފުނި، ފޮކްސް ސްޓާ ސްޓޫޑިއޯސް އިން ގެނެސްދޭ މި ފިލްމަށް ދީފައިވާ ނަމަކީ "ބޫތު ޕޮލިސް" އެވެ. މި ފިލްމްގެ ޑައިރެކްޓަރަކީ ފިލްމް "ފޯބިއާ" ގެ ވެސް ޑައިރެކްޓަރު ޕަވަން ކްރިޕަލާނީއެވެ.

"ބޫތު ޕޮލިސް" އިން ފެނިގެންދާނެ އިތުރު ތަރިންގެ ތެރޭގައި ފާތިމާ ސަނާ ޝައިހް އަދި އަލީ ފަޒަލް ހިމެނެއެވެ. ފޮކްސް ސްޓާ ސްޓޫޑިއޯސް އިން ހާމަކުރި ގޮތުގައި މި ފިލްމަކީ 3ޑީ ފިލްމެކެވެ.

ފިލްމާއި ގުޅޭ މާބޮޑު ތަފުސީލެއް އެ ސްޓޫޑިއޯއިން އަދި ހާމަކޮށްފައިނުވާއިރު ފިލްމްގެ ޝޫޓިންގް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.