"ކަރު ހަކުރު" ޓީވީއެމް އަށް

އޯކޭޒް އާއި ބައިސްކޯފް އެޕް ގުޅިގެން ގެނެސްދިން ރާއްޖޭގެ ފުރަތަމަ ސިޓް-ކޮމް ސީރީޒް، "ކަރު ހަކުރު" ޓީވީއެމް އިން ގެނެސްދޭން ފަށައިފިއެވެ.

ޓީވީއެމުން "ކަރު ހަކުރު" ގެނެސްދިނުމަށް ހަމަޖެހިފައިވަނީ އަންގާރަ އަދި ހުކުރު ދުވަހުގެ ރޭ 11:30 ގައެވެ. ބައިސްކޯފް އެޕުން މިހާތަނަށް މި ސީރީޒްގެ ދެ ސީޒަން ގެނެސްދީފައިވާއިރު ބެލުންތެރިންގެ ބޮޑު ތަރުހީބެއް މި ސީރީޒަށް ލިބިގެން ގޮސްފައިވެއެވެ.

މި ސީރީޒްގެ ކާސްޓުންގެ ތެރޭގައި މަޝްހޫރު ލަވަކިޔުންތެރިޔާ ލަމްހާ ލަތީފް، ރައުފަތު ސާދިގު، ފިލްމީ ތަރި އަލީ އާޒިމް (ދޮން އައްޔަ)، ހުސެއިން ނާޒިމް އަދި އައިޝަތު އަލީ ހިމެނެއެވެ. "ކަރު ހަކުރު" ޑައިރެކްޓްކުރަނީ މުހައްމަދު މުންތަސިރު (މުންކޮ) އެވެ.