ކަރުހަކުރުގެ ލީޑް ތަރިން

"ކަރުހަކުރު" ގެ ސީޒަން 2 އުފައްދަނީ

ހެއްވާ މަޖާ ސީރީޒް، "ކަރުހަކުރު" ގެ ސީޒަން 2 އުފެއްދުމަށް ނިންމައިފިއެވެ.

"ބައިސްކޯފް" އެޕުން ސްޓްރީމް ކުރަމުން އަންނަ ރާއްޖޭގެ ފުރަތަމަ ސިޓްކޮމް ސީރީޒް، "ކަރުހަކުރު" ގެ ސީޒަން 1، 12 އެޕިސޯޑާއެކު ނިންމާލާފައިވާއިރު ބެލުންތެރިންގެ ބޮޑު ތަރުހީބެއް ވަނީ އެ ސީރީޒަށް ލިބިފައެވެ.

އީދު ދުވަހަށް ހާއްސަކޮށް، "ކަރުހަކުރު" ޓީމުން ވަނީ ސީޒަން 1 ގެ ބައެއް އެޕިސޯޑްތަކުގެ ބިހައިންޑް ދަ ސީން މަންޒަރުތަކެއް ބެލުންތެރިންނަށް ދައްކާލާފައެވެ. ބިހައިންޑް ދަ ސީން މަންޒަރުތަކަށްފަހު "ކަރުހަކުރު" ގެ އެއް އެކްޓަރު ކަމަސްވާ ރައުފަތު ސާދިގު ވަނީ "ކަރުހަކުރު" އާއިލާއާއެކު ހޭދަކުރި 12 އެޕިސޯޑަށް ބެލުންތެރިންނަށް ޝުކުރު އަދާކޮށްފައެވެ. އަދި ދެވަނަ ސީޒަންވެސް ގެނެސްދޭނެ ކަމަށް ބުނެފައެވެ. ނަމަވެސް ދެވަނަ ސީޒަން ދައްކަން ފަށާނެ ތާރީހެއް ހާމައެއް ނުކުރެއެވެ.

"ކަރުހަކުރު" ގެ އިތުރު ތަރިންގެ ތެރޭގައި ލަމްހާ ލަތީފް، އައިޝަތު އަލީ، އަލީ އާޒިމް އަދި ހުސެއިން ނާޒިމް ހިމެނެއެވެ.