"ކިކް 2" ގެ މަސައްކަތް ފެށިއްޖެ

މީގެ 5 އަހަރުކުރިން ނުކުތް ފިލްމް "ކިކް" އަކީ ސަލްމާން ޚާން އާއި، ޖެކުއަލިން ފެނާންޑޭޒް، ފަރްނަންޑޭޒް، ރަންދީޕް ހޫދަ އާއި ނަވަޒުއްދީން ސިއްދީޣީ ފެނިގެންދިޔަ އެކްޝަން-ތުރިލާއެކެވެ. މިއީ ސާޖިދް ނަޑިވަޑްވަލާ އެންމެ ފުރަތަމަ ޑައިރެކްޓް ކުރި ފިލްމެވެ. އޭގެ ފަހުން މީގެ ދެވަނަ ބައެއްގެ ވާހަކަ އަބަދުވެސް ބޮލީވުޑް ތެރޭގައި ދެކެވެއެވެ.

އަދިވެސް "ކިކް 2" ގެ ވާހަކަ މުޅިއެކުން ނުނިމޭއިރު ސާޖިދް ވަނީ މި މަސައްކަތް ވީހާވެސް ލަހުން ކުރިއަށް ގެންދަނީ ބެލުންތެރިން ހިތްހަމަ ޖެހޭފަދަ ފިލްމެއް ސިނަމާތަކާ ހަމައަށް ގެނެސްދިނުމަށް ކަމަށް ބުނެފައެވެ. ނަމަވެސް މިހާރު ފިލްމު ކުރިއަށް ގެންދާނެ ގޮތުގެ ހިޔާލު ވަނީ ނިންމާފައެވެ. އަދި ސްކްރިޕްޓްގެ ދެވަނަ ޑްރާފްޓްގެ މަސައްކަތް ކުރިއަށްދާ ކަމަށް ޑައިރެކްޓަރު ސާޖިދު ބުންޏެވެ.

"ކިކް" ގައި ވެސް އިންޑިއާއިން ބޭރުގައި ބައެއް ސީންތައް ކުޅިފައިވާއިރު "ކިކް 2" ގެ ބައެއް މަންޒަރުތައްވެސް އިންޑިއާ އާއި އިންޑިއާއިން ބޭރުގައި ކުޅޭނެ ކަމަށް ސާޖިދު ބުންޏެވެ.

މި ފިލްމުން ސަލްމާން ހާން ފެނިގެންދާއިރު، ދެން ފެނިގެންދާނެ ކާސްޓުންގެ ނަމެއް އަދި ކަށަވަރެއް ނުވެއެވެ. މި ފިލްމް އަންނަ އަހަރު ރިލީޒްކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.