އައިޝްވާރިއާ އާއި އާރަދިއާ އަދި އަބިޝެކް

އައިޝްވާރިއާ އާއި ދަރިފުޅަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އައިޝްވާރިއާ ރާއި އާއި ދަރިފުޅު އާރަދިއާ ބައްޗަންއަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

އަނބިމީހާ އައިޝްވާރިއާ އާއި ދަރިފުޅު އާރަދިއާ، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން އަބިޝެކް ބައްޗަން ހާމަ ކުރީ މިމަހުގެ 12 ވަނަ ދުވަހުއެވެ. މިހާތަނަށް އައިޝްވާރިއާ އާއި އާރަދިއާ ތިބީ ހޯމް ކަރަންޓީންގައެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އައިޝްވާރިއާ އާއި އާރަދިއާއަށް ފަރުވާ ދެމުން ދަނީ ނަނަވާތީ ހޮސްޕިޓަލުގައެވެ.

ބޮލީވުޑްގެ އެކްޓަރު އަމީތާބް ބައްޗަން އާއި އަބިޝެކް ބައްޗަންވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަމީތާބް އާއި އަބިޝެކްއަށްވެސް ފަރުވާ ދެމުންދަނީ ނަނަވާތީ ހޮސްޕިޓަލުގައެވެ.