ޝްރިޔާ - ފައިލް ފޮޓޯ ޝްރިޔާ އިންސްޓަގްރާމް

ޝްރިޔާއަށް ދަރިއަކު ލިބިއްޖެ

އިންޑިއާގެ ލަަވަކިޔުންތެރިޔާ ޝްރިޔާ ގޯޝަލް އާއި އޭނާގެ ފިރިމީހާއަށް ދަރިއަކު ލިބިއްޖެއެވެ.

މިއީ މިދެމަފިރިންގެ އަލަތު ދަރިފުޅެވެ. ޝްރިޔާ އޭނާގެ ސޯޝަލް މީޑިއާގައި ހާމަކުރި ގޮތުގައި އެ ދެމަފިރިންނަށް ލިބުނީ ފިރިހެން ކުއްޖެކެވެ. ޝްރިޔާ ބުނި ގޮތުގައި އޭނާ އާއި އޭނާގެ ފިރިމީހާ އަދި އާއިލާއަށްވެސް ވަނީ ވަރަށް ބޮޑު އުފާވެރިކަމެއް ލިބިފައެވެ.

އަލަތު ދަރިފުޅު ލިބުމުން، އިންޑިއާގެ ބައެއް ފަންނާނުން ދަނީ ޝްރިޔާއަށް މަރުހަބާ ކިޔަމުންނެވެ. މަރުހަބާ ކީ ފަންނާނުންގެ ތެރޭގައި އަރްމާން މާލިކް، ދިއާ މިރްޒާ، ސޯފީ ޗޯދްރީ އަދި އަނޫޝާ މާނީ ހިމެނެވެ.

ޝްރިޔާ ކައިވެނިކުރީ 2015 ވަނަ އަހަރުއެވެ.