ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތަށް ރާޖްކުމާރްގެ އެހީއެއް
ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތަށް، ބޮލީވުޑްގެ އެކްޓަރު ރާޖްކުމާރް ރާއޯ އެހީވެއްޖެއެވެ.
ރާޖްކުމާރް ރާއޯ ކުރި ޓްވީޓެއްގައި ބުނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ރިލީފް ފަންޑާއި ޗީފް މިނިސްޓަރު (މަހާރާޝްތްރާ) ރިލީފް ފަންޑަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި އެހީތެރިކަން ބޭނުންވެފައިވާ އާއިލާތަކަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ޒޮމަޓޯ ފީޑިން އިންޑިއާއަށް އެހީތެރިވެފައިވާ ކަމަށެވެ.
އުމުރުން 35 އަހަރުގެ އެކްޓަރު ބުނި ގޮތުގައި މި ވަގުތަކީ، އެންމެން އެކުގައި ތިބެގެން، ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި ކަމާބެހޭ ފަރާތްތަކަށް އެހީތެރިވާންވީ ވަގުތެވެ.
މޯދީގެ ރިލީފް ފަންޑާއި ޗީފް މިނިސްޓަރުގެ ރިލީފް ފަންޑް އަދި ޒޮމަޓޯ ފީޑިން އިންޑިއާއަށް ހަދިޔާކުރި ފައިސާގެ އަދަދެއް ރާޖްކުމާރް ހާމައެއް ނުކުރެއެވެ. އޭގެ ސަބަބުން ވަރަށް ގިނަ މީހުން ވަނީ ރާޖްކުމާރަށް ތައުރީފުކޮށްފައެވެ.
ބޮލީވުޑްގެ ބައެއް ފަންނާނުން ދަނީ މޯދީގެ ރަންޑަށް ފައިސާ ހަދިޔާ ކުރަމުންނެވެ. އެ ފަންޑަށް 25 ކްރޯޑް ރުޕީސް ހަދިޔާކުރާނެކަން ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރް ވަނީ ހާމަކޮށްފައެވެ.