ރާދޭގެ ޕޯސްޓަރެއް

ސަލްމާން ހާންގެ ފިލްމް ކުންފުނީގެ މަސައްކަތްތައް ހުއްޓާލައިފި

ސަލްމާން ހާންގެ ފިލްމް ޕްރޮޑަކްޝަން ކުންފުނި، ސަލްމާން ހާން ފިލްމްސް (އެސްކޭއެފް) ގެ މަސައްކަތްތައް ހުއްޓާލައިފިއެވެ.

އެސްކޭއެފް އިން ހާމަކުރި ގޮތުގައި، އެ ކުންފުނީގެ މަސައްކަތްތައް ހުއްޓާލީ މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން އިންޑިއާ 21 ދުވަހުގެ ލޮކްޑައުނަކަށް ދިއުމާއި ގުޅިގެންނެވެ.

ކޮރޯނާ ވައިރަސް ފެތުރެމުންދާތީ ބޮލީވުޑްގެ ފިލްމްތަކުގެ ޝޫޓިންތައް އޮތީ މަޑު ޖައްސާލާފައެވެ. ނަމަވެސް ބައެއް ފިލްމްތަކުގެ އެޑިޓިންގެ މަސައްކަތް ކުރިއަށްދާ ކަމަށް ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ސަލްމާން ހާންގެ ކުރިއަށް އޮތް ފިލްމަކީ "ރާދޭ: އިންޑިއާސް މޯސްޓް ވޯންޓެޑް ބާއީ" އެވެ. ސަލްމާން ހާން ފިލްމްސް އިން ގެނެސްދޭ މި ފިލްމަކީ ޕްރަބޫދޭވާ ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމުން ޑިޝާ ޕަޓާނީ، ރަންދީޕް ހޫޑާ އަދި ޖެކީ ޝްރޮފް ފެނިގެންދާނެއެވެ.