ޖާންވީ ކަޕޫރް

ޖާންވީ ކްރިކެޓް ކުޅެން ދަސްކޮށްފި

ބޮލީވުޑްގެ އެކްޓްރެސް ޖާންވީ ކަޕޫރް، ކްރިކެޓް ކުޅެން ދަސްކޮށްފިއެވެ. ޖާންވީ ކްރިކެޓް ކުޅެން ދަސްކުރީ، އޭނާގެ ކުރިއަށް އޮތް ފިލްމް "މިސްޓަ އެންޑް މިސިސް މާހީ" އަށެވެ.

މި ފިލްމްގައި ޖާންވީ ކަޕޫރާއެކު ފެނިގެންދާނީ ރާޖްކުމާރް ރާއޯއެވެ. މި ފިލްމަކީ ކްރިކެޓް ކުޅޭ ދެމަފިރިންގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

ޖާންވީ ކަޕޫރް ބުނި ގޮތުގައި އޭނާ ވަނީ ކްރިކެޓް ކުޅެން ދަސްކުރުމަށް ހަ މަސް ދުވަހުގެ ތަމްރީންތަކެއް ހަދާފައެވެ.

ކަރަން ޖޯހަރް ޕްރޮޑިއުސްކުރާ މި ފިލްމްގެ ޑައިރެކްޓަރަކީ ޝަރަން ޝަރްމާއެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން މި ފިލްމް ރިލީޒްކުރާނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުއެވެ. އެ ތާރީހުގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ އަނެއް ފިލްމަކީ އަމީތާބް ބައްޗަން ފެނިގެންދާ ފިލްމް "ގުޑްބައި" އެވެ.