ދޫމްގެ ފުރަތަމަ ފިލްމްގައި ޖޯން އަބްރަހަމް

ޖޯން އަބްރަހަމް އެނބުރި ދޫމް ފްރެންޗައިޒް އަށް

މަޝްހޫރު ފިލްމް ފްރެންޗައިޒް "ދޫމް" އާ ގުޅިފައިވަނީ ބޮލީވުޑްގެ ވަރުގަދަ ތަރިންނެވެ.

ދޫމްގެ ފުރަތަމަ ފިލްމް ރިލީޒްކުރީ 2004 ވަނަ އަހަރު އެވެ. އެ ފިލްމްގެ ލީޑުން ފެނިގެންދިޔައީ ޖޯން އަބްރަހަމް އެވެ. 2006 ވަނަ އަހަރު ރިލީޒްކުރި ދެވަނަ ފިލްމުން ރިތިކް ރޯޝަން ފެނިގެންދިޔައިރު 2013 ވަނަ އަހަރު ރިލީޒްކުރި ދޫމް 3 އިން ފެނިގެންދިޔައީ އާމިރް ޙާނެވެ.

ދޫމް 3 އަށްފަހު ފާއިތުވި އަހަރުތަކުގެ ތެރޭގައި ފްރެންޗައިޒް އޮތީ ހުއްޓިފަ އެވެ.

ފްރެންޗައިޒްގެ ހަތަރު ވަނަ ފިލްމާއި ގުޅޭ ވާހަކަތައް ދެކެވޭއިރު ޖޯން އަބްރަހަމް އެނބުރި އަންނާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ދޫމް 4 އަށް ޖޯން އަބްރަހަމް އެނބުރި އަންނައިރު ވިލަންގެ ރޯލުން ފެންނާނީ ޝާހްރުކް ޚާން އެވެ.