"އެލް ކަމިނޯ": "ބްރޭކިންގ ބޭޑް" ފިލްމު ބަލައިފިންތަ؟

"ބްރޭކިންގް ބޭޑް" އަކީ 2008 ވަނަ އަހަރު ނުކުންނަން ފެށި ސީރީޒެކެވެ. ވަރަށް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ، އަދި ގިނަ ބަޔަކު ހިތްހަމަޖެހޭ ގޮތަކަށް ނިމިގެންދިޔަ ސީރީޒެކެވެ. ނެޓްފްލިކްސް އޮރިޖިނަލްއެއްގެ ގޮތުގައި ނެރުނު "އެލް ކަމިނޯ" އަކީ މި ސީރީޒްގައި އުޅޭ ޖެސީ ޕިންކްމޭންގެ ވާހަކަ އިތުރަށް ގެނެސްދޭ ފިލްމެކެވެ.

ބީބީސީގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި "އެލް ކަމިނޯ" އަކީ ބޭކާރު ވަގުތުތަކެކެވެ. ނަމަވެސް މި ފިލްމަށް ހަތަރު ތަރީގެ ރިވިއުއެއް ލިބިފައިވެއެވެ.

ސީރީޒްގައި މަރުވި ބައެއް މީހުންގެ މޫނުތައްވެސް ފިލްމުގެ ތެރެއިން ފެނިގެންދެއެވެ. ސީރީޒްގައި އުޅުން ބައެއް އެހެން ތަރިން ފިލްމުގައިވެސް އުޅެއެވެ. މީގެ ތެރެއިން އެންމެ މުހިންމު ތަރިއަކީ ޖެސީ ޕިންކްމެންގެ ރޯލުން ފެނިގެންދާ އާރޮން ޕައުލްއެވެ.

މި ފިލްމު މިހާރު ދަނީ ނެޓްފްލިކްސްގައި ސްޓްރީމް ކުރަމުންނެވެ. މި ފިލްމު ޑައިރެކްޓް ކުރީ ސީރީޒްވެސް ޑައިރެކްޓް ކުރި ވިންސް ގިލިގަންއެވެ.