ކްރިސް އިވާންސް

ފިލްމް "ބާމިއުޑާ" އަށް ކްރިސް އިވާންސް

ސްކޮޓް ޑެރިކްސަން ޑައިރެކްޓްކުރާ ތުރިލާ ފިލްމް "ބާމިއުޑާ" އަށް، އެކްޓަރު ކްރިސް އިވާންސް ހަމަޖައްސާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން މި ފިލްމަކީ ސްކައިޑާންސް އިން ޕްރޮޑިއުސްކުރާ ފިލްމެކެވެ. މި ފިލްމަކީ ބާމިއުޑާ ޓްރައިއެންގަލްއާއި ގުޅޭ ގޮތުން އުފައްދާ ފިލްމެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމް ޑައިރެކްޓްކުރުމަށް ކުރިން ހަމަޖެހިފައި އޮތީ ސޭމް ރައިމީއެވެ. އޭރު ޑޮގް މިރޯ އާއި ކާލޯ ބާނާޑް ވަނީ މި ފިލްމްގެ ސްކްރިޕްޓްވެސް ލިޔެ ނިންމާފައެވެ. މި ފިލްމްގެ ޑައިރެކްޝަނަށް ޑެރިކްސަން ހަވާލުވެ، ރޮބަޓް ކާގިލް އާއި ގުޅިގެން ފިލްމްގެ ސްކްރިޕްޓް އަލުން ލިޔާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޑެރިކްސަން ޑައިރެކްޓްކޮށްފައިވާ ފިލްމްތަކުގެ ތެރޭގައި 2016 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ޑޮކްޓާ ސްޓްރޭންޖް" ހިމެނެއެވެ.