"ކަބީރް ސިންގް" ގެ ޕޯސްޓަރެއްގައި ޝާހިދު ކަޕޫރް

218 ކްރޯޑް ރުޕީސްއާއެކު "ކަބީރް ސިންގް" އަދިވެސް ކުރިއަށް

ބޮލީވުޑްގެ ފިލްމް "ކަބީރް ސިންގް" ރިލީޒްކުރިތާ ދެ ހަފުތާ ވެގެން ގޮސްފައިވާއިރު އަދިވެސް އެ ފިލްމަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. 15 ދުވަސް ތެރޭގައި ފިލްމަށް 218 ކްރޯޑް ރުޕީސް ލިބިފައިވާއިރު މި ފިލްމަކީ "ބްލޮކްބަސްޓާ" ފިލްމެކެވެ.

ޝާހިދު ކަޕޫރާއި ކިއާރާ އަދްވާނީ ލީޑް ރޯލުން ފެނިގެން ގޮސްފައިވާ މި ފިލްމަކީ، މިއަހަރު ރިލީޒްކުރި ބޮލީވުޑްގެ ފިލްމްތަކުގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމް ކަމަށް ބޮލީވުޑްގެ ރިޕޯޓްތައް ބުނެއެވެ.

"ކަބީރް ސިންގް" އަކީ ކާމިޔާބު ތަމަޅަ ފިލްމް "އަރްޖުން ރެޑީ" ގެ ހިންދީ ރިމޭކެކެވެ. މި ދެ ފިލްމްވެސް ޑައިރެކްޓްކޮށްދީފައިވަނީ ސަންދީޕް ރެޑީ ވަންގާއެވެ.

މި ފިލްމްގައި ޝާހިދު ކަޕޫރް ފެނިގެންދާނީ ލޯބީގެ މައްސަލައެއްގައި މަސްތުވާތަކެތިން ނަފުސު ހަލާކުކުރާ މެޑިކަލް ސްޓޫޑަންޓެއް ގޮތުގައެވެ.