ބްރެޑް ޕިޓް

ބްރެޑް ޕިޓަށް ކުރާ ތުހުމަތުތައް ދޮގުކޮށްފި

ހޮލީވުޑްގެ އެކްޓަރު ބްރެޑް ޕިޓް، އަންހެނުންތަކަކާ ޑޭޓް ކުރަމުންދާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް އޭނާ ދޮގުކޮށްފިއެވެ.

އެކްޓަރު ބްރެޑް، އަންހެނުންތަކަކާއި ޑޭޓް ކުރަމުންދާ ކަމަށް ބުނެ އަޑު ފެތުރުނީ، ބްރެޑް ޕިޓާއި އެންޖެލީނާ ޖޯލީގެ ކައިވެނި ރޫޅާލުމަށް އެންޖެލީނާގެ ފަރާތުން ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމާބެހޭ ފަރާތްތަކަށް ހުށަހެޅިފަހުންނެވެ.

އުމުރުން 55 އަހަރުގެ ބްރެޑް، އެންމެ ފުރަތަމަ ޑޭޓް ކުރީ އެމްއައިޓީ ޕްރޮފެސަރު ނެރި އޮޒްމަން އާ ކަމަށް ވަނީ އަޑު ފެތުރިފައެވެ. އެއަށްފަހު، ގަހަނާ ޑިޒައިނަރެއް ކަމުގައިވާ ސެޓް ހާރި ޚަލްސާ އާ ބްރެޑް ޑޭޓް ކުރި ކަމަށް އަޑު ފެތުރުނެވެ.

އޭގެ ފަހުން، އެމެރިކާގެ އެކްޓްރެސް އާލިއާ ޝައުކެޓް އާއެކު، އެކި ހަފުލާތަކުން ބްރެޑް ފެންނަމުންދާތީ އެކަމާ ގުޅޭ ގޮތުންވެސް އަޑުތައް ފެތުރުނެވެ. ނަމަވެސް އެހުރިހާ ތުހުމަތުތަކެއް ބްރެޑް ވަނީ ދޮގުކޮށްފައެވެ.