އާރިއާނާ - ފައިލް ފޮޓޯ އިންސްޓަގްރާމް

އާރިއާނާ ކައިވެނިކޮށްފި

ޕޮޕް ސްޓާ އާރިއާނާ ގްރާންޑޭ އާއި ޑެލްޓަން ގޮމޭޒް ކައިވެނިކޮށްފިއެވެ.

އުމުރުން 27 އަހަރުގެ އާރިއާނާ އާއި ޑެލްޓަން ކައިވެނިކޮށްފައިވަނީ ހަފުތާ ބަންދުގައެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ ހަފުލާގައި ބައިވެރިވި މީހުންގެ އަދަދު 20 އަށްވެސް ނާރައެވެ.

އުމުރުން 25 އަހަރުގެ ޑެލްޓަންއަކީ ލޮސް އެންޖެލްސްގެ ރިއަލް އެސްޓޭޓް އެޖެންޓެކެވެ. އެ ދެ މީހުން ކައިވެނިކޮށްފައިވަނީ ކެލިފޯނިއާގައެވެ.

އާރިއާނާ އާއި ޑެލްޓަން އެންގޭޖްވިކަން ހާމަކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.