ކެޓްރީނާ އާއި ވިކީ- ފޮޓޯ ފޭސްބުކް

ކެޓްރީނާ އާއި ވިކީއަށް މަރުގެ އިންޒާރު ދީފި

ބޮލީވުޑްގެ އެކްޓްރެސް ކެޓްރީނާ ކައިފް އާއި އޭނާގެ ފިރިމީހާ ވިކީ ކައުޝަލްއަށް މަރުގެ އިންޒާރުދީފިއެވެ.

ކެޓްރީނާ އާއި ވިކީއަށް ސޯޝަލް މީޑިއާގައި މީހަކު މަރުގެ އިންޒާރުދީފައިވާއިރު، އެ މައްސަލަ މުމްބާއީގެ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

މަރުގެ އިންޒާރު ދިނީ ކާކުކަން ނޭނގޭ މީހެކެވެ. މި މައްސަލައިގައި ކެޓްރީނާ އާއި ވިކީ މިހާތަނަށް ވާހަކަ ދައްކާފައިނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކެޓްރީނާ އާއި ވިކީ ވަނީ ދާދި ފަހުން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ. މި ޗުއްޓީގައި ކެޓްރީނާ އާއި ވިކީގެ ރައްޓެހިންވެސް ބައިވެރިވިއެވެ.