ޓައިގާ ޝްރޮފް

"ބާގީ 3" އަށް ތިން ދުވަހުން 53 ކްރޯޑް ރުޕީސް

ޓައިގާ ޝްރޮފް އާއި ޝްރައްދާ ކަޕޫރު ލީޑް ރޯލު ކުޅެފައިވާ ފިލްމް، "ބާގީ 3" އަށް ތިން ދުވަހުން 53.83 ކްރޯޑް ރުޕީސް ލިބިއްޖެއެވެ. މިއީ މި ފިލްމަށް އިންޑިއާއިން ލިބުނު އާމްދަނީއެވެ.

ހުކުރު ދުވަހު ރިލީޒްކުރި ފިލްމާއި ގުޅޭ ގޮތުން ޓްރޭޑް އެނަލިންސްޓް ތަރަން އާދާޝް ބުނީ ކޮރޯނާ ވައިރަސް ފެތުރެމުންދާ ދުވަސްކޮޅެއްގައި ފިލްމަށް ލިބުނު ތަރުހީބު ރަނގަޅު ކަމަށެވެ. އިންޑިއާގެ ސިނަމާތަކުން މި ފިލްމަށް ހުކުރު ދުވަހު 17.50 ކްރޯޑް ރުޕީސް ލިބިފައިވާއިރު، ހޮނިހިރު ދުވަހު މި ފިލްމަށް ލިބުނީ 16.03 ކްރޯޑް ރުޕީސްއެވެ. އާދިއްތަ ދުވަހު މި ފިލްމަށް ވަނީ 20.30 ކްރޯޑް ރުޕީސް ލިބިފައެވެ.

މި ފިލްމުން ރިތޭޝް ދޭޝްމުކްވެސް ފެނިގެންދާނެއެވެ. މި ފިލްމަކީ ރޯނީ (ޓައިގާ) އާއި އޭނާގެ ބޭބެ ވިކްރަމް (ރިތޭޝް) ގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ޓެރަރިސްޓް ޖަމާއަތަކުން ވިކްރަމް ވަގަށް ނެގުމުން، އޭގެ ބަދަލު ހިފުމަށް ރޯނީ ކުރާ މަސައްކަތް މި ފިލްމުން ދައްކުވައިދޭނެއެވެ.