ޝްރައްދާ ކަޕޫރް

ޕާޓީތަކަށް ދާން ޝްރައްދާ ބޭނުމެއް ނުވޭ!

ޕާޓީތަކަށް ދާން ބޭނުން ނުވާ ކަމަށް ބޮލީވުޑްގެ އެކްޓްރެސް ޝްރައްދާ ކަޕޫރު ބުނެފިއެވެ.

މިހާރުވެސް ދެ ފިލްމެއްގައި މަސައްކަތް ކުރަމުން އަންނަ ޝްރައްދާ ބުނި ގޮތުގައި އޭނާ ބޮޑަށް ސަމާލުކަން ދޭން ބޭނުންވަނީ ފިލްމީ މަސައްކަތްތަކަށެވެ. ޕާޓީތަކުގައި ޝްރައްދާ ބައިވެރިނުވާތީ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

ޝްރައްދާގެ ޝައުގުވެރި ފިލްމްތަކެއް ކުރިއަށް އެބަހުއްޓެވެ. އޭގެ ތެރޭގައި އަންނަ އަހަރު ރިލީޒްކުރާ "ސްޓްރީޓް ޑާންސާ" އާއި "ބާގީ 3" ފާހަގަކޮށްލެވެއެވެ.

ޝްރައްދާގެ ކާމިޔާބު ފިލްމްތަކުގެ ތެރޭގައި "އާޝިގީ 2" އާއި "އޭކް ވިލަން" އަދި "އޭބީސީޑީ 2" ހިމެނެއެވެ.