ޝްރައްދާ ކަޕޫރު

2020 އަކީ ޝްރައްދާ އަށް ބުރަ އަހަރެއް

މި އަހަރަކީ ބޮލީވުޑްގެ ބަތަލާ ޝްރައްދާ ކަޕޫރަށް ބުރަ އަހަރެކެވެ. މިއަހަރު ރިލީޒްކުރި ޝްރައްދާގެ ދެ ފިލްމް ކަމަށްވާ "ޝާހޯ" އާއި "ޗިޗޯރޭ" އަކީވެސް ކާމިޔާބު ދެ ފިލްމެވެ.

މި އަހަރު ނިމުމަކާއި ހަމައަށް އައިސްފައިވާއިރު، ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން 2020 ވަނަ އަހަރަކީވެސް ޝްރައްދާ ކަޕޫރަށް ވަރަށް ބުރަ އަހަރަކަށް ވެގެންދާނެއެވެ.

ޝްރައްދާ ކަޕޫރު މިހާރު ތައްރާރުވަމުން އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމް "ސްޓްރީޓް ޑާންސާ 3ޑީ" އަށެވެ. ރިޕޯޓްތައް ބުނާ ގޮތުން، އާ އަހަރާއެކު ޝްރައްދާ ކަޕޫރު ބުރަކޮށް އުޅޭނީ ޖެނުއަރީ 24 ގައި ރިލީޒްކުރާ "ސްޓްރީޓް ޑާންސާ 3ޑީ" ޕްރޮމޯޓްކުރުމުގައެވެ.

އެއާއެކު ހަމަ އެ ދުވަސްކޮޅު ޝްރައްދާ ދާނީ، ފިލްމް "ބާގީ 3" އަށް ޝޫޓް ކުރަމުންނެވެ. އޭގެ އިތުރުންވެސް ޝްރައްދާގެ ފިލްމެއްގެ ޝޫޓިން ކުރިއަށް އޮތް އިރު އެ ފިލްމްގެ ނަމެއް އަދި ހާމައެއް ނުކުރެއެވެ.