އަރްޖުން ކަޕޫރް

އަރްޖުން ހޯމް ފުޑް ޑެލިވަރީ ކުރާ ކުންފުންޏެއް އުފައްދަނީ

ހޯމް ފުޑް ޑެލިވަރީ ކުރާ ކުންފުންޏެއް އުފެއްދުމަށް އަރްޖުން ކަޕޫރް ނިންމައިފިއެވެ.

އަރްޖުން ކަޕޫރު ބުނި ގޮތުގައި އެފަދަ ކުންފުންޏެއް އުފައްދަނީ ގޭގައި ތިބޭ އަންހެނުން ބާރުވެރިކުރުވުމަށެވެ. އަދި ކުންފުނީގެ މަގުސަދަކީ، ގޭގައި ތިބޭ އަންހެނުން ތައްޔާރުކުރާ ކާބޯތަކެތި ޑެލިވަރީކޮށްދޭނެ ޕްލެޓްފޯމެއް ގެނެސް ދިނުން ކަމަށް އަރްޖުން ބުންޏެވެ.

އެކަމުގެ ސަބަބުން ގޭގައި ތިބެގެން އާމްދަނީއެއް ހޯދުމުގެ ފުރުސަތު އަންހެނުންނަށް ލިބިގެންދާނެ ކަމަށްވެސް އަރްޖުން ބުންޏެވެ.

އުމުުރުން 33 އަހަރުގެ އަރްޖުން ބުނި ގޮތުގައި، ކާބޯތަކެތި ޑެލިވަރީ ކުރުމަށް ތައްޔާރުކުރާ ޕްލެޓްފޯމު މެދުވެރިކޮށް ކާބޯތަކެތި ޑެލިވަރީ ކުރާނީ ސާފުތާހިރުކަން މަތީ، ސީދާ އެތަކެތި ތައްޔާރުކުރި ގޭގެ ބަދިގެއިންނެވެ.