ރަންބީރް ކަޕޫރް

ރަންބީރް ކޮވިޑްއިން ރަނގަޅުވެއްޖެ

އިންޑިއާގެ އެކްޓަރު ރަންބީރް ކަޕޫރް ކޮވިޑް-19 އިން ރަނގަޅުވެއްޖެއެވެ.

ރަންބީރްގެ ބޮޑުބޭބެ އަދި އެކްޓަރު ރަންދީރް ކަޕޫރް ވަނީ ރަންބީރް ކޮވިޑް-19 އިން ރަނގަޅުވިކަން ކަށަވަރުކޮށްދީފައެވެ. ރަންބީރްއާ ބައްދަލުކޮށްފައިވާ ކަމަށާއި އޭނާގެ ހާލު މުޅިން ރަނގަޅު ކަމަށްވެސް ރަންދީރް ވަނީ ބުނެފައެވެ.

ދަރިފުޅު ރަންބީރަށް ކޮވިޑް-19 ޖެހިފައިވާކަން އޭނާގެ މަންމަ ނީތު ކަޕޫރް ހާމަކުރީ މިމަހުގެ ނުވަ ވަނަ ދުވަހުއެވެ. ދަރިފުޅު ހުރީ ސެލްފް ކަރަންޓީންގައި ކަމަށްވެސް އޭރު ނީތު ކަޕޫރް ވަނީ ބުނެފައެވެ.

ރަންބީރްގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި "ޝަމްޝޭރާ" އާއި "ބުރައްމަސްތުރާ" ހިމެނެއެވެ.