ސިންގަމްގެ މަންޒަރެއް

"ސިންގަމް އަގެއިން" ރިލީޒްކުރުން އިންޑިއާގެ މިނިވަން ދުވަހު

ފިލްމް "ސިންގަމް އަގެއިން" ރިލީޒްކުރާނީ އިންޑިއާގެ މިނިވަން ދުވަހާއި ދިމާކޮށް އަންނަ އަހަރު ކަމަށް ފިލްމް އުފައްދާ ފަރާތުން ބުނެފި އެވެ.

މިއީ ސިންގަމް ފްރެންޗައިޒްގެ ތިން ވަނަ ފިލްމެވެ. އަޖޭ ދޭވްގަން ލީޑްރޯލުން ފެނިގެންދާ "ސިންގަމް" ރިލީޒްކުރީ 2011 ވަނަ އަހަރު އެވެ. "ސިންގަމް ރިޓާންސް" ރިލީޒްކުރީ 2014 ވަނަ އަހަރު އެވެ.

މި ފިލްމް ރިލީޒްކުރަން ކުރިން ހަމަޖެއްސީ އަންނަ އަހަރުގެ ދިވާލީއާ ދިމާކޮށެވެ. ނަމަވެސް އެ ތާރީހު މިހާރު ވަނީ އިންޑިއާގެ މިނިވަން ދުވަހަށް ހަމަޖައްސާފަ އެވެ.

ދިވާލީގައި ރިލީޒްކުރަން ނިންމާފައިވާ ފިލްމަކީ "ބޫލް ބަލައިޔާ 2" އެވެ.