ޓޮޕް ގަން: މެވެރިކްގެ މަންޒަރެއް

ޓޮޕް ގަން: މެވެރިކްއަށް 273 މިލިއަން ޑޮލަރު

ހޮލީވުޑްގެ ތަރި ޓޮމް ކްރޫޒްގެ ފިލްމް "ޓޮޕް ގަން: މެވެރިކް" އަށް ޔޫއެސް ބޮކްސް އޮފީހުގައި ލިބުނު އާމްދަނީ 273.6 މިލިއަން ޑޮލަރަށް އަރައިފިއެވެ.

މިއީ ޓޮމް ކްރޫޒްގެ ފިލްމަކަށް މިހާތަނަށް ލިބުނު އެންމެ ބޮޑު އާމްދަނީއެވެ. މީގެ ކުރިން ޓޮމް ކްރޫޒްގެ ފިލްމަކަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ 2005 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ވޯ އޮފް ދަ ވޯލްޑްސް" އަށެވެ. ސްޓީވަން ސްޕީލްބާގްގެ އެ ފިލްމަށް 234 މިލިއަން ޑޮލަރު ލިބުނެވެ.

ފިލްމް "ޓޮޕް ގަން: މެވެރިކް" ރިލީޒްކުރީ މިދިޔަ މެއި މަހުގެ ތެރޭގައެވެ.

ޖޯސެފް ކޮންސިންސްކީ ޑައިރެކްޓްކުރި މި ފިލްމްގެ ކާސްޓުންގެ ތެރޭގައި ޖެނިފާ ކޮނެލީ، މޮނިކާ ބާބަރޯ އަދި ވަލް ކިލްމާ ހިމެނެއެވެ.