ޝާހްރުކް

ޝާހްރުކްގެ ފިލްމެއް އަންނަ އަހަރު

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ޝާހުރުކް ހާންގެ ފިލްމެއް އަންނަ އަހަރު ފެނިގެންދާނެ ކަމުގެ ޔަގީންކަން އޭނާ ދީފިއެވެ.

ޝާހްރުކްގެ ފިލްމެއް އަންނަ އަހަރު ފެނިގެންދާނެ ކަމަށް އޭނާ ބުނެފައި ވަނީ، ޝާހްރުކްގެ 54 ވަނަ އުފަން ފާހަގަކުރުމަށް އިއްޔެ މުމްބާއީގެ ބަންދްރާ އަވަށުގެ އޮޑިޓޯރިއަމެއްގައި އިއްޔެ ބޭއްވި ހަފުލާއެއްގައި ވާހަކަ ދައްކަމުންނެވެ.

ޝާހްރުކްގެ ސަޕޯޓަރުންވެސް ބައިވެރިވި އެ ހަފުލާގައި ވާހަކަ ދައްކަމުން ޝާހްރުކް ބުނީ ކުރިއަށް އޮތީ ހާއްސަ ފިލްމެއް ކަމަށެވެ. ނަމަވެސް އެކަމުގެ ތަފުސީލެއް ޝާހްރުކް ހާމައެއް ނުކުރެއެވެ.

ސަޕޯޓަރުންގެ ސުވާލުތަކަށް ޝާހްރުކް ޖަވާބު ދޭ ގޮތަށް ކުރިއަށް ގެންދިޔަ އެ ހަފުލާގައި ޝާހްރުކް ބުނީ ފިލްމްގެ މަސައްކަތް ކުރިއަށް އޮތް ފެށިގެން ދިއުމާއެކު ފިލްމާއި ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރާނެ ކަމަށެވެ.

 ޝާހްރުކް އެންމެ ފަހުން ރިހި ސްކްރީނުން ފެނިގެންދިޔައީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމް "ޒީރޯ" އިންނެވެ. ނަމަވެސް އެ ފިލްމް ވެގެން ގޮސްފައިވަނީ ފްލޮޕް ފިލްމަކަށެވެ.