ޓުވިޓާރ ގައި ހިއްސާކުރި ވީޑިއީގެ ތެރެއިން

ޝާހްރުކް ޚާން ފިލްމީ ދުނިޔޭގައި 27 އަހަރު!

ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާން ފިލްމީ ދުނިޔެއިން ފެނިގެން ދިޔަތާ 27 އަހަރުވީ މިދިޔަ އަންގާރަ ދުވަހު އެވެ. ޝާހްރުކްގެ ސަޕޯޓަރުންނަށް ވަނީ މި މުނާސަބަތުގައި ޝުކުރު އަދާކޮށް ކުޑަ ހަދިޔާއެއް ޓުވިޓާރގައި ގެނެސްދީފައެވެ.

އެގޮތުން 1992 ވަނަ އަަހަރު، ޝާހްރުކްގެ އެންމެ ފުރަތަމަ ފިލްމް "ދީވާނާ" އިން ފެނިގެންދާ އެންޓްރެންސް ސީން ކުޅެ، ޓުވިޓާގައި ޝާހްރުކް ވަނީ ހިއްސާކޮއްފައެވެ. "ކޮއި ނަ ކޮއި ޗަހިޔެ ޕިޔާރް ކަރްނެ ވާލާ" މި އޯޑިއޯ އިވެމުން ދިޔައިރު، މި ވީޑިއޯއިން އެޒަމާނުގެ ހަނދާންތައް އާކޮށްދިނެވެ. ޝާހްރުކް ވަނީ ހުރިހާ ފޭނުންނަށް 27 އަހަރުވަންދެން އޭނާއާއިއެކު ވުމުން ޝުކުރު އަދާކޮށްފައެވެ.

ޝާހްރުކްގެ އެންމެ ފުރަތަމަ ފިލްމަށްފަހު 10 އަހަރު ވަންދެން އިންޑިއާގެ ސިނަމާތަކުގައި ރަސްކަން ކުރަމުން އައީ "ބާޒީގަރް"، "ދިލްތޯ ދުލްހަނިޔާ ލެ ޖާޔެނގޭ"، ދިލްތޯ ޕާގަލް ހެ" އަދި "ކުޗް ކުޗް ހޯތާހޭ" ފަދަ މަޝްހޫރު ފިލްމްތަކެވެ. މިއީ ދިވެހިންގެ މެދުގައިވެސް ވަރަށް މަޤުބޫލު ފިލްމް ތަކެކެވެ.

މިވަގުތު ޗުއްޓީއެއްގައި ހުރިނަމަވެސް ޝާހްރުކް ޚާންވަނީ ޓުވިޓާ މެދުވެރިކޮށް ހުރިހާ ފޭނުންނަށް ފަށްފަށުން ޝުކުރު އަދާކޮށްފައެވެ.