ޝާހްރުކް

ޝާހްރުކްގެ ނަސޭހަތެއް ހުރިހާ ކުޑަކުދިންނަށް

ޑިޒްނީ އިން 1994 ވަނަ އަހަރު ރިލީޒްކުރި "ދަ ލަޔަން ކިންގް" ގެ ލައިވް-އެކްޝަން ރީމޭކް ނެރުމަށް މިހާރު މި ވަނީ ކުޑަ ދުވަސްކޮޅަކަށްވެފައެވެ. މި ފިލްމް އިންޑިއާގައިވެސް ނެރުމަށް ހަމަޖެހިފައިވާއިރު، ފިލްމްގެ ހިންދީ ވާޝަންގައި، މުފާސާގެ ކެރެކްޓާއަށް އަޑު އަޅައިދެނީ ޝާހްރުކް ހާނެވެ.

އެއާއެކު ޝާހްރުކް ވަނީ ހުރިހާ ކުޑަކުދިންނަށް މެސެޖެއް ދީފައެވެ. އެގޮތުން މައިންބަފައިންގެ އަޑު އެހުމަށާއި މައިންބަފައިންގެ ނަސޭހަތާމެދު ފުންކޮށް ވިސްނުމަށް ޝާހްރުކް ވަނީ ނަސޭހަތްތެރިވެފައެވެ.

މައިންބަފައިންގެ ބެލުމުގެ ދަށުން ބޮޑެތިވާ ކުދިންނަށްވެސް، މައިންބަފައިންގެ ނަސޭހަތާމެދު ވިސްނާނުލެވޭ ކަމަށާއި އެ ނަސޭހަތަކީ ހަޔާތުގައި ފަހުން ބޭނުން ޖެހިދާނެ ނަސޭހަތެއް ކަމަށް ޝާހްރުކް ބުންޏެވެ.

ޝާހްރުކް ބުނި ގޮތުގައި މައިންބަފައިން ދޭ ނަސޭހަތަކީ އަބަދުވެސް އެކުގައިވާނެ އެއްޗެކެވެ.

"ދަ ލަޔަން ކިންގް" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. މި ފިލްމްގެ ހިންދީ ވާޝަންގައި ސިމްބާގެ ކެރެއްޓާއަށް އަޑު އަޅައިދީފައިވަނީ ޝާހްރުކްގެ ދަރިފުޅު އާރްޔަންނެވެ. އިންޑިއާގެ ސިނަމާތަކުގައި މި ފިލްމް ހަތަރު ބަހަކުން އަޅުވާނެއެވެ.