ޖޯޑާނާ ބްރޫސްޓާ

ޖޯޑާނާ އެނބުރި ފާސްޓް އެންޑް ފިއުރިއަސްއަށް

"ފާސްޓް އެންޑް ފިއުރިއަސް" ފްރެންޗައިޒްގެ ކުރިއަށް އޮތް ފިލްމުން އެކްޓްރެސް ޖޯޑާނާ ބްރޫސްޓާ ފެނިގެންދާނެކަން ހާމަކޮށްފިއެވެ.

ފިލްމްގެ ޝޫޓިން މިހާރުވެސް ލަންޑަންގައި ކުރިއަށްދާއިރު ޖޯޑާނާ ބްރޫސްޓާ، އެނބުރި ފާސްޓް އެންޑް ފިއުރިއަސް އިން ފެނިގެންދާނެކަން އިއުލާނުކުރީ ފިލްމްގެ އެކްޓަރު ވިން ޑީސަލްއެވެ.

ޖޯޑާނާ ވަނީ ފާސްޓް އެންޑް ފިއުރިއަސް ފްރެންޗައިޒްގެ ފަސް ފިލްމަކުން ފެނިގެން ގޮސްފައެވެ. ނަމަވެސް ފްރެންޗައިޒްގެ އެކްޓަރު ޕޯލް ވޯކާ 2013 ވަނަ މަރުވުމާއި ގުޅިގެން ޖޯޑާނާގެ ކެރެކްޓާއަށް ވަނީ އަސަރުކޮށްފައެވެ. ފާސްޓް އެންޑް ފިއުރިއަސްގައި ޖޯޑާނާ އާއި ޕޯލް ފެނިގެން ގޮސްފައިވަނީ ލޯބިވެރިންގެ ގޮތުގައެވެ.

"ފާސްޓް އެންޑް ފިއުރިއަސް 9" އިން ފެނިގެންދާނެ ތަރިންގެ ތެރޭގައި މިޝޭލް ރޮޑްރިގެޒް، ޓައިރީޒް ގިބްސަން އަދި ޖޯން ސީނާ ހިމެނެއެވެ. މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 2020 ވަނަ އަހަރުގެ މޭ މަހުގެ 22 ވަނަ ދުވަހުއެވެ.