އޮސްކާސްގެ ނޮމިނޭޝަން ލިސްޓްގެ ކުރި "ޖޯކާ" އަށް

މިއަހަރުގެ އޮސްކާސް އެވޯޑްސްގެ ނޮމިނޭޝަންތައް އިއުލާނުކޮށްފައިވާއިރު، ނޮމިނޭޝަން ލިސްޓްގެ އެންމެ ކުރީގައި އުޅެނީ ފިލްމް "ޖޯކާ" އެވެ. މި ފިލްމް ވަނީ 11 އެވޯޑަކަށް ނޮމިނޭޓްވެފައެވެ.

ފިލްމް "ޖޯކާ" ވަނީ ބެސްޓް ޕިކްޗާ، އެންމެ މޮޅު އެކްޓަރު، އެންމެ މޮޅު ޑައިރެކްޓަރު، އެންމެ މޮޅު އެޑަޕްޓެޑް ސްކްރީންޕްލޭ، އެންމެ މޮޅު ސިނަމެޓޮގްރަފީ އެވޯޑަށް ނޮމިނޭޓްވެފައެވެ.

އޭގެ އިތުރަށް މި ފިލްމް ވަނީ އެންމެ މޮޅު ކޮސްޓިއުމް ޑިޒައިން، އެންމެ މޮޅު އެޑިޓިންގް، އެންމެ މޮޅު މޭކް-އަޕް އަދި ހެއާ ސްޓައިލިން އެވޯޑާއި އެންމެ މޮޅު ސައުންޑް މިކްސިންގް އެވޯޑަށް ނޮމިނޭޓްވެފައެވެ.

ފިލްމް "ދަ އައިރިޝްމެން" އާއި ފިލްމް "1917" އަދި ފިލްމް "ވަންސް އަޕްއޮން އަ ޓައިމް... އިން ހޮލީވުޑް" މިއިން ކޮންމެ ފިލްމަކަށް 10 ނޮމިނޭޝަން ލިބިފައިވެއެވެ.

އޮސްކާސް އެވޯޑް ހަފުލާ އޮންނާނީ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހު، ހޮލީވުޑްގައި ހުންނަ ޑޮލްބީ ތިއޭޓަރުގައެވެ.

ސިޔާސީ ތަށި

ރާއްޖޭގަ މިހިނގާ ކަންކަމަށް ނުލިބޭތަ އޮސްކާއެއް