ފިލްމްގެ ޝޫޓިން ތެރެއިން

ޓޮޑް ބުނަނީ "ޖޯކާ" ގެ ސީކުއެލްއަށް އަވަސް އަރުވާލައިގެން ނޫޅޭ ކަމަށް

މިއަހަރު ރިލީޒްކުރި އެންމެ ކާމިޔާބު އެއް ފިލްމަކީ، ޓޮޑް ފިލިޕްސް ޑައިރެކްޓްކުރި ފިލްމް "ޖޯކާ" އެވެ. "ޖޯކާ" ގެ ސީކުއެލްއެއް އުފައްދަން އުޅޭ ކަމުގެ އަޑުތައް ފެތުރެމުންދާއިރު، ސީކުއެލް ފިލްމަށް އަވަސް އަރުވާލައިގެން ނޫޅޭ ކަމަށް ޓޮޑް ފިލިޕްސް ބުނެފިއެވެ.

ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަމުން ޓޮޑް ބުނީ ފިލްމް "ޖޯކާ" ރިލީޒްކުރުމުގެ ކުރިންވެސް އެ ފިލްމްގެ ސީކުއެލްއެއް ހެދުމަށް ނިންމި ކަމަށެވެ.

" ސީކުއެލް ހެދުމާއި ގުޅޭ ގޮތުން، އެކްޓަރު ވަކީން ފީނިކްސް (ފިލްމް "ޖޯކާ" ގައި ޖޯކާގެ ރޯލުން ފެނިގެންދާ ތަރި) އާއި އަހަރެން ވާހަކަ ދެއްކިން ޖޯކާގެ ޫޓިން ފެށުމުގެވެސް އެތައް ދުވަހެއް ކުރިން" ޓޮޑް ބުންޏެވެ.

ސީކުއެލް އާއި ގުޅޭ ގޮތުން ވަކީން ފީނިކްސް އާއި ވާހަކަ ދެއްކި ނަމަވެސް، ސީކުއެލް ފިލްމަށް ވަކީން ފީނިކްސް ގެނައުމަށް އަދި ދައުވަތު ނުދޭ ކަމަށް ޓޮޑް ވަނީ ބުނެފައެވެ. އަދި ސީކުއެލް ފިލްމްގެ ވާހަކަ ލިޔުމަށް އެއްވެސް ފަރާތަކާއެކު އެއްބަސްވުމެއް ނަހަދާ ކަމަށްވެސް ޓޮޑް ބުންޏެވެ.