"ޖަސްޓް މާސީ": ނާއިންސާފުން ފުރިފައިވާ ހަގީގީ ވާހަކަތަކެއް

ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގައި ގިނަ ބައެއްގެ ސަމާލުކަން "ޖަސްޓް މާސީ" ވަނީ ހޯދާފައެވެ. އަންނަ އަހަރުގެ އޮސްކާސްއަށް ފިލްމުގެ މައި ދެ ބަތަލުން ކަމަށްވާ ޖެމީ ފޮކްސް އާއި މައިކަލް ބީ ޖޯޑެން ވާދަ ކުރާނެ ކަމަށް ގިނަ ފާޑުކިޔުންތެރިން ގަބޫލުކުރެއެވެ.

ފިލްމުން ދައްކުވައިދެނީ އިންސާނިއްޔަތަށާއި، ނާއިންސާފަށް މަސައްކަތް ކުރާ ވަކީލެއް، ދޮގު ތުހުމަތު އަޅުވައިފައި މަރުގެ ހުކުމް އިއްވާފައި ޖަލު ބަންދުގައި ހުރި މީހެއް ސަލާމަތް ކުރަން ކުރާ މަސައްކަތެވެ. އަދި 19 ވަނަ ގަރުނުގެ ކުރީކޮޅު އެމެރިކާގައި ނަސްލީ ތަފާތުކުރުންތައް އޮތް ގޮތާއި އިތުރު ބައެއް މައްސަލަތަކަށްވެސް މި ފިލްމުގައި ބަލާލައެވެ.

މި ފިލްމު ބިނާކޮށްފައިވަނީ ހަގީގީ ވާހަކައެއްގެ މައްޗަށް ބިނާކޮށް 2014 ވަނަ އަހަރު ލިޔެފައިވާ "ޖަސްޓް މާސީ: އަ ސްޓޯރީ އޮފް ޖަސްޓިން އެންޑް ރެޑެމްޕްޝަން" މި ފޮތަށެވެ. ފިލްމް ޑައިރެކްޓްކޮށްފައިވަނީ ޑެސްޓިން ޑެނިއަލް ކްރެޓޮންއެވެ.

މައިކަލް ބީ ޖޯޑެން އާއި ޖެމީ ފޮކްސްގެ އިތުރުން ބްރީ ލަރސަން އަދި ރޮބް މޯގެން މި ފިލްމުން ފެނިގެންދާނެއެވެ. މި ފިލްމް އާންމުންނަށް ސިނަމާތަކުން ފެންނާނީ ޑިސެމްބަރު 25 ގައެވެ.