"ބެލްބޮޓަމް" ގެ ޝޫޓިން ނިންމާލައިފި

އަކްޝޭ ކުމާރް ލީޑް ރޯލު ކުޅޭ ފިލްމް، "ބެލްބޮޓަމް" ގެ ޝޫޓިން ނިންމާލައިފިއެވެ.

ފިލްމްގެ ޕޯސްޓަރެއް، ސޯޝަލް މީޑިއާގައި ހިއްސާކުރަމުން އަކްޝޭ ބުނީ މިއީ ޓީމް މަސައްކަތެއް ކަމަށާއި ފިލްމްގެ ހުރިހާ ކާސްޓުންނާއި ކްރޫއަށް ޝުކުރު އަދާކުރާ ކަމަށެވެ.

އަކްޝޭ ހިއްސާކުރި ޕޯސްޓްގައި ފިލްމް ރިލީޒްކުރި ތާރީހު ވަނީ އިއުލާނުކޮށްފައެވެ. ޕޯސްޓަރުގައިވާ ގޮތުން ފިލްމް ރިލީޒްކުރާނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ ދެވަނަ ދުވަހުއެވެ.

ރަންޖީތު ތިވާރީ ޑައިރެކްޓްކުރާ މި ފިލްމްގެ ޝޫޓިންއަށް އަކްޝޭ އާއި ފިލްމްގެ ކާސްޓުންނާއި ކްރޫން އިނގިރޭސިވިލާތަށް ފުރީ މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި ވާނީ ކަޕޫރާއި ހުމާ ގްރޭޝީ އަދި ލާރާ ދައްތާ ހިމެނެއެވެ.