ފިލްމް ގުޑްނިއުސްގެ ޕޯސްޓަރެއް

"ގުޑް ނިއުސް" ރިލީޒް ކުރުން އަނެއްކާވެސް ފަސްކޮށްފި

ރޮމޭންޓިކް ކޮމެޑީ ފިލްމް "ގުޑް ނިއުސް" ރިލީޒް ކުރާ ތާރީހު އަނެއްކާވެސް ފަސްކޮށްފިއެވެ.

މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ރިލީޒްކުރުމަށް ހަމަޖެއްސި އެ ފިލްމް ސެޕްޓެމްބަރު މަހަށް ފަސްކުރުމަށްފަހު މިހާރު ވަނީ ޑިސެމްބަރު މަހަށް ފަސްކޮށްފައެވެ. ފިލްމްގެ އެކްޓަރު އަކްޝޭ ކުމާރު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ފިލްމް ރިލީޒް ކުރާނީ ޑިސެމްބަރު މަހުގެ 27 ގައި ކަމަށެވެ.

އަކްޝޭ ކުމާރްގެ އިތުރު މި ފިލްމުން ކަރީނާ ކަޕޫރާއި ކިއާރާގެ އިތުރުން ދިލްގިތް ދޮސަންޖް ފެނިގެންދާނެއެވެ.

ފިލްމްގެ އުފެއްދުންތެރިން ހާމަކުރާ ގޮތުގައި އެ ފިލްމްގައި އަކްޝޭ އާއި ކަރީނާ ފެނިގެންދާނީ ދެމަފިރިންގެ ރޯލުންނެވެ.