ހައުސްފުލް 4 އަކަށް ތައްޔާރުތަ؟

އަކްޝޭ ކުމާރް، ރިތޭޝް ދޭޝްމުކް، ބޮބީ ޑިއޯލް އަދި ކްރިތީ ސޮނަން ފެނިގެންދާ ހައުސްފުލް ފްރެންޗައިޒްގެ ހަތަރު ވަނަ ފިލްމްގެ ޓްރެއިލާ ރިލީޒްކޮށްފިއެވެ. މިއީ މި ފްރެންޗައިޒްގެ އެހެން ފިލްމްތަކާއި ކުޑަކޮށް ތަފާތު ފިލްމެއް ކަމުގައި ވިޔަސް މި ފިލްމްގައިވެސް ކުރީގެ ފިލްމްތަކެކޭ އެއްގޮތަށް މަޖާ ކަންތައްތަކާއި ދިމާވާނެ ކަމުގެ ޝައްކެއްނެތެވެ.

މި ފިލްމްގެ ޓްރެއިލާއިން ދައްކުވައިދެނީ މީގެ އެތައް ގަރުނެއް ކުރިން، އަކްޝޭ ކުމާރްގެ ކެރެކްޓާއަށް އެހެން ދިރިއުޅުމެއްގައި ދިމާވާ ކަންތައްތަކެކެވެ. ފިލްމްގައި ދައްކުވައިދެނީ މީލާދީން 1419 ވަނަ އަހަރުގެ ކަންތައްތަކެކެވެ. މި ފިލްމްގެ މައިގަނޑު ތިން ޝަހުސިއްޔަތުން ކަމުގައިވާ އަކްޝޭ ކުމާރާއި، ރިތޭޝް ދޭޝްމުކާއި ބޮބީ ޑިއޯލް އޭރުވެސް އެކުގައި އުޅޭ ތަން ފިލްމުން ފެނިގެންދާނެއެވެ.

ފިލްމްގައި ފެންނަނީ މިހާރުގެ އަކްޝޭއަށް އެ ދިރިއުޅުމުގައިވީ ހުރިހާ ކަމެއް ހަނދާނަށް އައުމުން މިހާރުގެ ދިރިއުޅުން ބަދަލުކުރަން އުޅޭތަނެވެ.

ފަރްހާދް ސިމްޖީ ޑައިރެކްޓްކޮށްފައިވާ މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 25 ވަނަ ދުވަހުއެވެ.