ފިލްމްގެ ޕޯސްޓަރު

އަކްޝޭ މިފަހަރު ސްޕައި ތުރިލާ ފިލްމަކަށް

ބޮލީވުޑްގެ ފިލްމް ޕްރޮޑިއުސަރު ވަޝޫ ބަގްނާނީ ޕްރޮޑިއުސްކުރާ ސްޕައި ތުރިލާ ފިލްމެއް ކުޅުމަށް، އަކްޝޭ ކުމާރް ތައްޔާރުވެއްޖެއެވެ.

"ބެލް-ބޮޓަމް" ގެ ނަމުން ނަންދެވިފައިވާ މި ފިލްމް ޑައިރެކްޓްކުރާނީ ރަންޖިތު ރިވާރީއެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމަކީ އިންޑިއާގެ ބަތަލެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

މި ފިލްމަކީ ހަގީގީ ހާދިސާތަކަކުން އިންސަޕާވެގެން، އަސީމް އަރޯރާ އާއި ޕެރްވޭޒް ޝައިހާންދް ލިޔެފައިވާ ވާހަކައަކަށް ހަދާ ފިލްމެކެވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ.