އަކްޝޭ އާއި ޕަރްބަތު

އަކްޝޭއާ ބައްދަލުކުރުމަށް 900 ކިލޯމީޓަރަށް ހިނގައިފި

ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރާއި ބައްދަލުކުރުމަށް، މީހަކު 900 ކިލޯމީޓަރަށް ހިނގައިފިއެވެ.

އަކްޝޭ ކުމާރް ވަނީ އޭނާއާއި ބައްދަލުކުރުމަށް އައި މީހާގެ ވީޑިއޯއަކާއެކު ޕޯސްޓެއް ޓްވިޓާގައި އާންމުކޮށްފައެވެ. ޓްވިޓާ ޕޯސްޓްގައި އަކްޝޭ ބުނެފައިވަނީ 900 ކިލޯމީޓަރަށް ހިނގާފައި އައި ޕަރްބަތުއާ އާދިއްތަ ދުވަހު ބައްދަލުވެފައިވާ ކަމަށެވެ.

ޓްވިޓާގައި، އަކްޝޭ އާންމުކުރި ވީޑިއޯގައި، ޕަރްބަތު ބުނީ 900 ކިލޯމީޓަރަށް ހިނގާފައި އައުމުގެ ބޭނުމަކީ، އޭނާއަކީވެސް އަކްޝޭ ފަދަ ފިޓް މީހެއްކަން ހާމަކޮށްދިނުން ކަމަށެވެ. އަކްޝޭ އާއި ބައްދަލުކުރުމަށް ފެށި ދަތުރަށް 18 ދުވަސް ހޭދަވި ކަމަށާއި ދުވާލާއި ރޭގަނޑުވެސް ހިނގާފައިވާނެ ކަމަށް ޕަރުބަތު ބުންޏެވެ.

އަކްޝޭ ވަނީ، އެހާ ދުރަށް ހިނގުންފަދަ ކަމެއް ދެން ތަކުރާރު ނުކުރުމަށާއި އެއީ ރައްކާތެރި ކަމެއް ނޫން ކަމަށް ބުނެ ޕަރްބަތުއަށް ނަސޭހަތްތެރިވެފައެވެ.