ނަފީސާ އަލީ

ކެންސަރުން ސަލާމަތްވުމާއެކު ނަފީސާ ބޭނުންވީ ފިލްމީ ދާއިރާއަށް ނުކުންނަން

ކެންސަރުން ސަލާމަތްވެފައިވާ ކަމަށާއި ބޭނުންވަނީ އަލުން ފިލްމީ ދާއިރާއަށް ނުކުންނަން ކަމަށް އިންޑިއާގެ ފިލްމީ ތަރި ނަފީސާ އަލީ ހާމަކޮށްފިއެވެ.

ނަފީސާ އަލީއަށް ކެންސަރު ޖެހިފައިވާކަން އޭނާ ހާމަކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ކެންސަރުން ސަލާމަތްވެފައިވާކަން، ހެދި މެޑިކަލް ޓެސްޓްތަކުން މިހާރު ދައްކާ ކަމަށް ނަފީސާ ބުންޏެވެ.

"އަހަރެން ބޭނުން މިކަން (ކެންސަރުން ސަލާމަތްވުން) ފާހަގަކުރަން، އަހަރެންނަކީ މިހާރު ބަލި މީހެއް ނޫން، އަހަރެންނަށް (ފިލްމީ ދާއިރާގެ) މަސައްކަތެއް އޮތްނަމަ އެކަން އުފަލާއެކު ކުރަން މިހުރީ." ނަފީސާ ބުންޏެވެ.

ނަފީސާ އަލީ ކުޅެފައިވާ ބައެއް ފިލްމްތަކުގެ ތެރޭގައި ޖުނޫން، މޭޖާ ސާބް، އަދި ބޭވަފާ ހިމެނެއެވެ.