ރާއްޖޭގައި މިހާރު ހަނީމޫން ހޭދަކުރަމުން އަންނަ ޖޯނަސް ކެއުމަކަށް އިންސާފުކުރަނީ

ހަނީމޫނަށް ބަތަލާ ސޯފީ އާއި ޖޯނަސް ރާއްޖޭގައި

ބަތަލާ ސޯފީ ޓާނާ އާއި އޭނާގެ ފިރިމީހާ، އެކްޓަރު ޖޯ ޖޯނަސް ހަނީމޫނަށް ރާއްޖެ އަތުވެއްޖެއެވެ.

ސޯފީ އާއި ޖޯ މިހާރު ހަނީމޫން ހޭދަކުރަމުން ދަނީ ބ. އަަތޮޅުގައި އޮންނަ ސޮނޭވާ ރިސޯޓުގައެވެ. ސޯފީ އާއި ޖޯނަސް ދަނީ ހަނީމޫންގެ ފޮޓޯތައް މި ދެ ތަރިންގެ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް ހިއްސާކުރަމުންނެވެ.

އެގޮތުން ސޯފީ ވަނީ، އޭނާގެ ފިރިމީހާ ޖޯ އެ ރިސޯޓުގައި ކެއުމަކަށް އިންސާފުކުރަނިކޮށް ނަގާފައިވާ ފޮޓޯއަކާއި ޖޯ ބައިސްކަލެއް ދުއްވަނިކޮށް ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފައެވެ. ޖޯ ވަނީ، ރިސޯޓުގެ ވިލާއެއްގެ ސްލައިޑަކުން މޫދަށް ސްލައިޓްކުރަނިކޮށް ނަގާފައިވާ ވީޑިއޯއެއް ހިއްސާކޮށްފައެވެ.

ކައިވެނީގެ ކުރިންވެސް ސޯފީ އާއި ޖޯ ވަނީ އެކުގައި ރާއްޖެ ޒިޔާރަތްކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެ ދެ ތަރިން ވަނީ ކޮކޯ ޕްރައިވެޓް ރިސޯޓުގައި ޗުއްޓީ ހޭދަކޮށްފައެވެ.