ސަޅަކް 2 ގެ ގެ ބައެއް ތަރިންނާއެކު މަހޭޝް ބަޓް

"ސަޅަކު 2" ގެ ޝޫޓިން ޖުލައިގައި ފަށަނީ

ފިލްމް "ސަޅަކް 2" ގެ ޝޫޓިން ޖުލައި މަހުގެ ތެރޭގައި އަލުން ފަށާނެ ކަމަށް ފިލްމްގެ ޑައިރެކްޓަރު މަހޭޝް ބަޓް ބުނެފިއެވެ.

މިޑް ޑޭ އަށް ދިން އިންޓަވިއުއެއްގައި މަހޭޝް ބަޓް ބުނީ ކޮވިޑް-19 އާ ގުޅިގެން އިންޑިއާ ފުރަތަމަ ފަހަރަށް ލޮކްޑައުން ކުރިއިރު، ފިލްމްގެ ލަވައެއްގެ ޝޫޓިން ނުނިމި އެބަ އޮތް ކަމަށެވެ. އަދި ޖުލައި މަހުގެ ފުރަތަމަ ހަފުތާގައި ޝޫޓިން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް މަހޭޝް ބަޓް ވަނީ ބުނެފައެވެ.

މަހޭޝް ބަޓް ބުނީ ލަވައިގެ ޝޫޓިން ކުރިއަށް ގެންދިއުމަށް، ކުޑަ ސެޓެއް ތައްޔާރުކުރަން ޖެހޭ ކަމަށެވެ.

"ސަޅަކް 2" އަކީ މަހޭޝް 1991 ވަނަ އަހަރު "ސަޅަކް" ގެ ނަމުގައި ގެނެސްދިން ބްލޮކްބަސްޓާ ފިލްމްގެ ދެވަނަ ބައެވެ. "ސަޅަކް 2" ގެ ކާސްޓުންގެ ތެރޭގައި އާލިޔާ ބަޓް، ޕޫޖާ ބަޓް، ސަންޖޭ ދަތު އަދި އަދިތިޔާ ރޯއީ ކަޕޫރް ހިމެނެއެވެ. ޕޫޖާ އަދި ސަންޖޭ ދަތަކީ "ސަޅަކް" ގެ ފުރަތަމަ ފިލްމުންވެސް ފެނިގެންދިޔަ ދެ ތަރިންނެވެ.