"ގޮޑްޒިއްލާ ވާސަސް. ކޮންގް" ރިލީޒްކުރުން ފަސްކޮށްފި

ލެޖެންޑަރީ ޕިކްޗާސް އިން ޕްރޮޑިއުސްކުރާ ފިލްމް "ގޮޑްޒިއްލާ ވާސަސް. ކޮންގް" ރިލީޒްކުރާ ތާރީހު ފަސްކޮށްފިއެވެ.

އަންނަ މާޗް މަހު ސިނަމާތަކަށް އަންނަން އޮތް ފިލްމް ދެން ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

އެޑަމް ވިންގާޑް ޑައިރެކްޓްކުރާ މި ފިލްމަކީ "ގޮޑްޒިއްލާ" ގެ ހަތަރު ވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ 2004 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ގޮޑްޒިއްލާ" އެވެ. އެއަށްފަހު 2017 ވަނަ އަހަރު "ކޮންގް: ސްކަލް އައިލެންޑް" ރިލީޒްކުރިއިރު މިއަހަރު ވަނީ "ގޮޑްޒިއްލާ: ކިންގް އޮފް ދަ މޮންސްޓާސް" ރިލީޒްކޮށްފައެވެ.

ފިލްމްގެ ތަރިންގެ ތެރޭގައި އެލެގްޒެންޑާ ސްކަސްގަޑް، މިލީ ބޮބީ ބްރައުން، ރެބޭކާ ހޯލް ހިމެނެވެ.