ފިލްމް ޓޮޕް ގަން: މެވެރިކްގެ މަންޒަރެއްގައި ޓޮމް ކްރޫޒް

އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓޮމް ކްރޫޒަށް

ހޮލީވުޑްގައި މިއަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނު އެކްޓަރަކަށް، ފިލްމް "ޓޮޕް ގަން: މެވެރިކް" ގެ އެކްޓަރު ޓޮމް ކްރޫޒްވެއްޖެއެވެ.

ފިލްމް "ޓޮޕް ގަން: މެވެރިކް" އަށް ބޮކްސް އޮފީސް އަދި ސްޓްރީމިން ޕްލެޓްފޯމްތަކުން 1.2 ބިލިއަން ޑޮލަރު ލިބިފައިވެއެވެ. މި ފިލްމުން ޓޮމް ކްރޫޒަށް ވަނީ 100 މިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބިފައެވެ.

ހޮލީވުޑްގައި ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ވިލް ސްމިތަށެވެ. ވިލް ސްމިތަށް ލިބިފައިވަނީ 35 މިލިއަން ޑޮލަރެއެވެ.

އެންމެ ބޮޑު އާމްދަނީއެއް ލިބުނު ހޮލީވުޑްގެ އިތުރު އެކްޓަރުންގެ ތެރޭގައި ލިއަނާޑޯ ޑިކެޕްރިއޯ އާއި ބްރެޑް ޕިޓް އާއި ޑްވޭން ޖޯންސަން (ދަ ރޮކް) އާއި ވިން ޑީސަލް އާއި ވަކީން ފީނިކްސް ހިމެނެއެވެ.

ލިއަނާޑޯ އަދި ބްރެޑް ޕިޓް، ކޮންމެ އެކްޓަރަކަށް ލިބުނު އާމްދަނީ 30 މިލިއަން ޑޮލަރަށް އަރައެވެ.