"ސްޓްރީ" ޖަޕާންގައި ރިލީޒްކޮށްފި

ބޮލީވުޑްގެ ހޮރޯ ކޮމެޑީ ފިލްމް، "ސްޓްރީ" ޖަޕާންގައި ރިލީޒްކޮށްފިއެވެ.

މި ފިލްމް ޖަޕާންގައި ރިލީޒްކޮށްފައިވަނީ ހޯމަ ދުވަހުއެވެ. އެކަން ހާމަކުރީ ފިލްމްގެ ލީޑް އެކްޓްރެސް ޝްރައްދާ ކަޕޫރެވެ.

ދެހާސް އަށާރަ ވަނަ އަހަރު ރިލީޒްކުރި މި ފިލްމަކީ ރާޖް އެންޑް ޑީކޭގެ ސްކްރީން ޕްލޭއަކަށް އުފައްދާފައިވާ ފިލްމެކެވެ. އަމަރް ކައުޝީ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ 23 ކްރޯޑް ރުޕީސްގެ ބަޖެޓަކުން އުފެއްދި ފިލްމެކެވެ. ބޮކްސް އޮފީހުގައި މި ފިލްމަށް 180 ކްރޯޑް ރުޕީސް ލިބިފައިވެއެވެ.

ޝްރައްދާ ކަޕޫރްގެ އިތުރުން މި ފިލްމުން ރާޖްކުމާރް ރާއޯ އަދި ޕަންކަޖް ތުރިޕަތީ ފެނިގެންދެއެވެ.