އަދްނާން ސާމީ އޭނާގެ އާއިލާއާއެކު - ފޮޓޯ އަދްނާން ސާމީ ފޭސްބުކް

އަދްނާން ސާމީ ރާއްޖޭގައި

އިންޑިއާގެ ލަވަ ކިޔުންތެރިޔާ އަދްނާން ސާމީ، ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަތުވެއްޖެއެވެ.

އަދްނާން ސާމީ، އޭނާގެ ސޯޝަލް މީޑިއާގައި އަންގާރަ ދުވަހު ހިއްސާކުރި ޕޯސްޓެއްގައި ބުނި ގޮތުގައި މިއީ އޭނާ ރާއްޖެ ޒިޔާރަތްކުރި ފުރަތަމަ ފަހަރެވެ. އަދްނާން ސާމީ ވަނީ އޭނާ އާއި އޭނާގެ އާއިލާއަށް، ކުޑަވިލިނިގިލިން ކިޔާފައިވާ މަރުހަބާ ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.

އަދްނާން ސާމީ ވަނީ އޭނާ އާއި އޭނާގެ އާއިލާއިން ރާއްޖޭގައި ހުރެ ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.