މެލެފިސެންޓް 2 ގެ ޕޯސްޓަރެއް

މެލެފިސެންޓް 2 ރިލިޒްކުރާ ތާރީހު އިއުލާނުކޮށްފި

މެލެފިސެންޓް ދެވަނަ ބައި، "މެލެސިފެންޓް: މިސްޓްރެސް އޮފް އީވަލް" މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ސިނަމާތަކަށް އަންނާނެއެވެ.

މި ފިލްމް އުފައްދާ ކުންފުނި، ވޯލްޓް ޑިޒްނީ ޕިކްޗާސް އިން ހާމަކުރި ގޮތުގައި، މި ފިލްމް ސިނަމާތަކަށް އަންނާނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހުއެވެ. މި ފިލްމުންވެސް މެލެފިސެންޓްގެ ރޯލުން ފެނިގެންދާނީ އެންޖެލީނާ ޖޯލީއެވެ. ޕްރިންސެސް އަރޯރާގެ ރޯލުން ފެނިގެންދާނީ އެލް ފޭނިންގް ކަމަށް ވޯލްޓް ޑިޒްނީން ބުނެއެވެ.

ވޯލްޓް ޑިޒްނީން ހާމަކުރި ގޮތުގައި މެލެފިސެންޓްގެ ފުރަތަމަ ފިލްމުން ފެނިފައިނުވާ ބައެއް ތަރިން މި ފިލްމުން ފެނިގެންދާނެއެވެ. އޭގެ ތެރޭގައި މިޝޭލް ޕައިފާ، އެޑް ސްކްރިން، ހެރިސް ޑިކިންސަން ހިމެނެއެވެ.

މެލެފިސެންޓްގެ ފުރަތަމަ ފިލްމް ރިލީޒްކުރީ 2014 ވަނަ އަހަރުއެވެ. އެ ފިލްމް ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. 180 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފެއްދި ފިލްމަށް 758 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ.