އެންޖެލީނާ އޭނާގެ ދަރިންނާއެކު

ބްރެޑް އާ ވަރިވުމަކީ ރަނގަޅަށް ނިންމުނު ނިންމުމެއް: އެންޖެލީނާ

ބްރެޑް ޕިޓް އާ ވަރިވުމަކީ ރަނގަޅަށް ނިންމުނު ނިންމުމެއް ކަމަށް އެންޖެލީނާ ޖޯލީ ބުނެފިއެވެ.

އެކްޓަރު ބްރެޑް ޕިޓް އާއި އެކްޓްރެސް އެންޖެލީނާ ޖޯލީގެ ކައިވެނި ރޫޅުނީ 2016 ވަނަ އަހަރުއެވެ. ވޯގް އަށް ދިން އިންޓަވިއުއެއްގައި އެންޖެލީނާ ބުނީ ވަރިވުމަށް ނިންމީ އާއިލާއަށް ރަނގަޅަކަށް ކަމަށެވެ.

ކައިވެނި ރޫޅުމުގެ ސަބަބުން ދޮގު ޚަބަރުތަކެއްވެސް ފެތުރުނު ކަމަށް އެންޖެލީނާ ޖޯލީ ބުންޏެވެ. ދަރިންނާއި ބެހޭ ގޮތުން ފެތުރު ދޮގު ޚަބަރުތައް އެ ކުދިންނަށްވެސް ފެނުނު ކަމަށާއި ނަމަވެސް ހަގީގަތަކީ ކޮބައިކަން ކުދިންނަށް އެނގޭތީ އެކަން ކުދިންނަށް ހަނދާންކޮށްދިން ކަމަށް އެންޖެލީނާ ބުންޏެވެ.

އެންޖެލީނާ ބުނި ގޮތުގައި އޭނާގެ ހަ ކުދިންނަކީވެސް ވަރަށް ހިތްވަރު ގަދަ ހަ ކުދިންނެވެ. އެންޖެލީނާގެ ކުދިންގެ ތެރޭގައި އެޑޮޕްޓްކޮށްފައިވާ ތިން ކުދިން ތިބެއެވެ.