ކްރުއެލާގެ ގޮތުގައި އެމާ ސްޓޯން ފެނިގެންދާ ޕޯސްޓަރު

ކްރުއެލާގެ ގޮތުގައި އެމާ ސްޓޯންގެ ފުރަތަމަ ފެނިލުން

ޑިޒްނީގެ ފިލްމް "ކްރުއެލާ" ގައި، "ކްރުއެލާ ޑެވިލް"ގެ ރޯލުން އެމާ ސްޓޯން ފެނިގެންދާ ޕޯސްޓަރެއް އާންމުކޮށްފިއެވެ.

މި ފިލްމަކީ، ޑިޒްނީ އިން 1961 ވަނަ އަހަރު ރިލީޒްކުރި ކްލާސިކް ކާޓޫން "101 ޑަލްމޭޝަން" އަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. ފިލްމްގެ ނަން ނިސްބަތްވަނީ އެ ކާޓޫންގައި ވިލަންގެ ރޯލުން ފެނިގެންދާ ކެރެކްޓާ، "ކްރުއެލާ ޑެވިލް" އަށެވެ.

ޕޯސްޓަރު އާންމުކޮށްފައިވަނީ ހޮނިހިރު ދުވަހު، ޑިޒްނީގެ ޑީ23 އެކްސްޕޯގައެވެ. ޕޯސްޓަރުގައި، އެމާ ސްޓޯން ފެނިގެން ދަނީ ހުދުކުލަ އާއި ކަޅުކުލައިގެ ހެއާ ސްޓައިލެއްގައި ހުއްޓައެވެ. ކާޓޫންގައިވެސް "ކްރުއެލާ" ގެ ކެރެކްޓާ ހުރީ މި ހެއާ ސްޓައިލްގައެވެ.

ޕޯސްޓަރު އާންމުކުރުމާއެކު ގިނަ ބައެއްގެ ތައުރީފު އެމާ ސްޓޯނަށް ލިބިގެންދިޔައިރު ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެގެންދިޔައެވެ. އެގޮތުން އެމާ ސްޓޯނަކީ މި ކެރެކްޓާއަށް އެންމެ އެކަށީގެންވާ އެކްޓްރެސް ނޫން ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

އެމާ ސްޓޯންގެ އިތުރުން އެމާ ތޮމްޕްސަން އާއި ޕައުލް ވަލްޓާ ފެނިގެންދާ މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 2021 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައެވެ.