"ބޭމްބީ" ގެ ރިމޭކެއް އުފައްދަނީ

ޑިޒްނީ އިން 1942 ވަނަ އަހަރު ގެނެސްދިން ކާޓޫން "ބޭމްބީ" ގެ ލައިފް-ލައިކް ރިމޭކެއް އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ.

"ބޭމްބީ" ކާޓޫންގައި ދައްކުވައި ދެނީ "ބޭމްބީ" ނަމަކަށް ކިޔާ ފުއްލާއެއްގެ ދިރިއުޅުމެވެ. ޖަންގަލީގައި ބޭމްބީގެ މަންމަ، ޝިކާރަވެރިންގެ އަތް ދަށުވެ މަރުވެއެވެ. އަދި "ބޭމްބީ" ޖަންގަލީގެ ބިރުވެރިކަމާއި ކުރިމަތިލާ ގޮތް ފެނިގެންދެއެވެ.

ލައިފް-ލައިކް ރިމޭކްގެ ސްކްރީންރައިޓަރުންނަކީ ގެނެވާ ރޮބާޓްސަން އާއި ލިންޑްސޭއެވެ.

ޑިޒްނީ އިން ގެނެސްދީފައިވާ ކާޓޫންތައް ރިމޭކް ފިލްމްގެ ގޮތުގައި 2010 ވަނަ އަހަރުން ފެށިގެން ދަނީ ގެނެސް ދެމުންނެވެ. އެގޮތުން އެންމެ ފުރަތަމަ 2010 ވަނަ އަހަރު ގެނެސްދިނީ "އެލީސް އިން ވޮންޑަލޭންޑް" އެވެ.

ޑިޒްނީގެ ކުރިއަށް ހުރި ލައިވް އެކްޝަންތަކުގެ ތެރޭގައި "މުލާން" އާއި "ކްރުއެލާ" ހިމެނެއެވެ. އޭގެ އިތުރުން "ޕީޓާ އެންޑް ވެންޑީ" އާއި "ލިއޯ އެންޑް ސްޓިޗް" ގެ ލައިވް-އެކްޝަން އުފެއްދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.