އެމާ އާއި ޑޭވްގެ ކައިވެނި ފަސްކޮށްފި

ކޮވިޑް-19 ފެތުރެމުންދާތީ، ހޮލީވުޑްގެ އެކްޓްރެސް އެމާ ސްޓޯން އާއި ޑޭވް މެކޭރީގެ ކައިވެނި ފަސްކޮށްފިއެވެ. އެމާ ސްޓޯން އާއި ޑޭވް މެކޭރީ އެންގޭޖްވެފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، ޑޭވް އާއި އެމާ ކައިވެނިކުރަން އޮތީ މިދިޔަ ހަފުތާ ބަންދުގައެވެ. ނަމަވެސް މިހާރަށް ވަނީ ކައިވެނި ފަސްކޮށްފައެވެ.

އުމުރުން 31 އަހަރުގެ އެމާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ފިލްމް، "ޒޮމްބީލޭންޑް: ޑަބަލް ޓެޕް" އިންނެވެ. އެމާގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި ޑިޒްނީގެ ފިލްމް "ކްރްއެލާ" ހިމެނެއެވެ. މި ފިލްމްގައި އެމާ ފެނިގެންދާނީ ކްރްއެލާގެ ރޯލުންނެވެ.

އެމާއަކީ އޮސްކާ އެވޯޑްސް ހާސިލުކޮށްފައިވާ އެކްޓްރެސްއެކެވެ. އެމާއަށް އެ އެވޯޑް ލިބިފައިވަނީ ފިލްމް "ލަ ލަ ލޭންޑް" އިންނެވެ.